މިހާރު ދުނިޔޭގެ އެންމެ އަގުހުރި ކުންފުނީގެ މަގާމު އެމެރިކާގެ މައިކްރޮސޮފްޓަށް ލިބިއްޖެ އެވެ.
އެ ކުންފުނިން އިއްޔެ ބުނީ 2021 އިން ފެށިގެން އެ މަގާމުގައި ކުރިން އޮތް އެޕަލް ފަހަތަށް ޖައްސައިލި އިރު، މައިކްރޮސޮފްޓްގެ އަގު މިހާރު 2.887 ޓްރިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެޕަލްގެ ރައުސުލްމާލަކީ މިހާރު 2.875 ޓްރިލިއަން ޑޮލަރެވެ. އެ ކުންފުނި ތިރިއަށް ސޮއްސައިލި އިރު މިދިޔަ މަހުގެ 14 ގައި ކުންފުނީގެ ރައުސުލްމާލު 3.081 ޓްރިލިއަން ޑޮލަރަށް ވެސް އެރި އެވެ.
މައިކްރޮފްޓާއި އެޕަލް ހިމެނެނީ ދުނިޔޭގެ އެންމެ މަޝްހޫރު ޓެކް ކުންފުނިތަކުގެ ތެރޭގަ އެވެ.
މައިކްރޮސޮފްޓަކީ މީގެ 48 އަހަރު ކުރިން އެޕްރީލް 4، 1975 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މިހާރު 238،000 އަށް ވުރެ ގިނަ އެވެ. މައިކްރޮސޮފްޓުން ބުނީ ވަރަށް އަވަހަށް ދެން އެ ކުންފުނީގެ އަގު ތިން ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އެކަން ވާނީ ބޮޑު ކާމިޔާބީއަކަށް ކަމަށެވެ.

އެ ކުންފުނީގެ ބާނީންނަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ބިލް ގޭޓްސްގެ އިތުރުން ޕޯލް އެލެން އެވެ.
ސްޕާޓްފޯނުގެ ވިޔަފާރީގައި އެންމެ ވިދާ އެޕަލް އަކީ 1976 ގައި އުފަންވި ކުންފުންޏެކެވެ. އޭގެ ބާނީންނަކީ ސްޓީވް ޖޮބްސް އާއި ސްޓީވް ވޮޒްނިއަކްގެ އިތުރުން ރޮނާލްޑް ވޭން އެވެ. އެޕަލްގެ މުވައްޒަފުންގެ އަދަދު 161،000 އަށް ވުރެ ގިނަ އެވެ.