Last Updated: May 2, 10:25
Thursday, May 2, 2024
ޚަބަރު

މޭޔަރު އިންތިހާބުގައި ރައީސް ޔާމީން ވޯޓުލައްވައިފި

މާލެސިޓީއަށް މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވައިފިއެވެ.

މާލެއަށް މޭޔަރަކު ހޮވުމާއި ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ.

މި އިންތިހާބުގައި ރައީސް ޔާމީން ވޯޓުލައްވާފައިވާއިރު އެމަނިކުފާނުގެ ތާއީދާއެކު މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާފައިވަނީ ކުރީފެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއެވެ.

މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ޕީއެންސީގެ ޓިކެޓްގައި އައިޝަތު އާޒިމާ ޝުކޫރު، އެމްޑީޕީގެ ޓިކެޓްގައި އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ޓިކެޓްގައި ސައިފު ފާތިހު، އަމިއްލަ ގޮތުން ހުސައިން ވަހީދުގެ އިތުރުން އަލީ ޝުއައިބްއެވެ.

މޭޔަރަކު ހޮވުމާއި ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ހަވީރު 05:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.