Last Updated: April 29, 22:06
Monday, April 29, 2024
ޚަބަރު

11 ޖެހުމާ ހަމައަށް ވޯޓުލީ 7 އިންސައްތަ މީހުން

ފޮޓޯ: އީސީ

މާލެސިޓީއަށް މޭޔަރަކު އިންތިހާބު ކުރުމަށް އަދި ހުސްވެފައިވާ ކައުންސިލްގެ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި މިހާތަނަށް ވޯޓުލާފައިވަނީ 7 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މާލެއަށް މޭޔަރަކު ހޮވުމާއި ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ.

އީސީން ބުނެފައިވަނީ 11:00 އާ ހަމައަށް ވޯޓުލާފައިވަނި 4236 މީހުން މީހުން ކަމަށެވެ. އެއީ ވޯޓުލެވޭ މީހުންގެ 7.56 އިންސައްތަ މީހުންނެވެ. ވޯޓުލެވޭ މީހުންގެ ތެރެއިން 51،766 މީހުން ވޯޓުނުލާ ތިބިކަމަށްވެސް އީސީން މައުލޫމާތުދެއެވެ.

މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްްޤު ލިބިފައިވަނީ ޖުމުލަ 56،002 މީހުންނަށެވެ.

މާލޭ މޭޔަރުކަމަށް ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓްގައި އައިޝަތު އާޒިމާ ޝުކޫރު، އެމްޑީޕީގެ ޓިކެޓްގައި އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ޓިކެޓްގައި ސައިފު ފާތިހު، އަމިއްލަ ގޮތުން ހުސައިން ވަހީދުގެ އިތުރުން އަލީ ޝުއައިބްއެވެ.

މޭޔަރަކު ހޮވުމާއި ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ހަވީރު 05:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.