Last Updated: July 23, 10:58
Thursday, July 23, 2026
މުނިފޫހިފިލުވުން

"ފައިޓާ" ގެ ޓްރެއިލާ ހޯމަ ދުވަހު

މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ފައިޓާ" ގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.

މި އޭރިއަލް އެކްޝަން ތުރިލާ އަކީ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ. އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާފައިވާ "ފައިޓާ" ގެ ކާސްޓްގައި އަނިލް ކަޕޫރާއި ކަރަން ސިންގް ގްރޯވާއި ސަންޖީދާ ޝެއިހްގެ އިތުރުން އަކްޝޭ އޮބެރޯއީ ވެސް ހިމެނެ އެވެ.

މި މަހުގެ 25 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ޝާހްރުކް ޚާނާއި ދީޕިކާގެ "ޕަތާން" ގެނެސްދިން ސިދާތު އާނަންދެވެ.

"ފައިޓާ" ގެ ޓްރެއިލާ ހޯމަ ދުވަހު ދައްކައިލަން ތައްޔާރުވަމުން އަންނަ އިރު، ފިލްމުގެ ޓީޒާއަކާއި ތިން ލަވައެއް ކުރިން ވަނީ ދައްކާލައިފަ އެވެ.