އަތުގުޅާލައިގެން ސެލޫންއަކުން ނުކުމެގެން ދަނިކޮށް އިއްޔެ ރޭ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތާ އެކީ ފެނުނު ބިދޭސީ ފިރިހެން މީހާ އަކީ އޭނަގެ ލޯބިވެރިޔާ ނޫން ކަމަށް ބުނެފި އެވެ.
މި ވާހަކަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް ކަންގަނާ ބުނެފައި ވަނީ އޭނަ ކާކުކަން ނޭނގޭ މީހަކާ އެކީ ފެނިގެން ބޮލީވުޑްގެ ވަރަށް ގިނަ މީހުންނާއި އެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަރަށް ގިނަ ކޯލްތަކާއި މެސެޖްތައް ލިބެމުން އަންނަ ކަމަށެވެ. އެހެންވެ އެކަން ސާފުކޮށްދޭން ބޭނުންވާ ކަމަށާއި އޭނައާ އެކީ ފެނުނު މީހާ އަކީ ވަރަށް ގާތް ހެއާސްޓައިލިސްޓެއް ކަމަށް ކަންގަނާ ބުންޏެވެ. އަދި އޭނަ އަކީ ބިދޭސީ ހެއާސްޓައިލިސްޓްގެ ދުވަސްވ ކްލައިންޓެއް މަށް ވެސް ކާމިޔާބު ބަތަލާ ބުންޏެވެ.
ކަންގަނާ ބުނީ ފިރިހެނަކާއި އަންހެނަކު އެކީގައި މަގުމަތިން އަތުގުޅާކައިގެން ފެނިދާނެ ކިތަންމެ ހައިސިއްޔެއް އޮވެދާނެ ކަމަށެވެ. އެހެންވެ އެއީ ކޮންމެހެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުންނަށް ވާން ނުޖެހޭ ކަމަށް ބުންޏެވެ.

ކުރިން ނުފެންނަ މީހަކާ އެކީ ކަންގަނާ އަތުގުޅާލައިގެން އުޅެނިކޮށް ފެނުމުން އެއީ އޭނަގެ ލީޯބުވެރިޔާ ކަމަށް ބުނެ ވަރަށް ގިނަ މީޑިއާތަކުން ޚަބަރުތައް ފަތުރާފައިވެ އެވެ.
ކަންގަނާ ކުރިން މާ މަޝްހޫރު ނޫން އެކްޓަރެއް ކަމަށްވާ އަދިޔަޔަން ސުމަންއާ ރައްޓެހިވި އެވެ. އަދި ހުނަރުވެރި ބަތަލާ ދައުވާކުރާ ގޮތުގައި އޭނަ މަޝްހޫރު އެކްޓަރު ރިތިކް ރީޯޝަނާ ވެސް ރައްޓެހިވި އެވެ. އެކަމަކު އެކަމަށް ރިތިކް އެއްބަހެއް ނުވެ އެވެ.