Last Updated: July 17, 15:06
Friday, July 17, 2026
ދުނިޔެ

ނިއު ޒިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ކައިވެނިކޮށްފި

މިދިޔަ އަހަރުގެ ކުރީކޮޅު ނިއު ޒިލޭންޑްގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ޖަސިންޑާ އާޑެން ކައިވެނި ބައްލަވައިގެންފި އެވެ.

އެކަމަނާ ކައިވެނި ބައްލަވައިގެންނެވީ ފަސް އަހަރުގެ ދަރިކަނބަލުން ނީވް އާޑެން ގޭފޯޑްގެ ބައްޕަ ކްލާކް ގޭފޯޑާ އެވެ. ގޭފޯޑަކީ ކުރިން ނެޝަނަލް ޖިއޯގްރަފީ ޗެނެލުން ގެނެސްދިން މަސްވެރިކަމާ ގުޅޭ ޝޯ "ފިޝް އޮފް އޮފް ދަ ޑޭ" ގެ ހޯސްޓެވެ. އޭނަ އާއި ޖަސިންޑާ އެކީގައި ދިރިއުޅުއްވަމުން ގެންދަވަނީ 2017 އިން ފެށިގެންނެވެ.

ދެ ބޭފުޅުން އެންގޭޖްވެވަޑައިގެންނެވީ 2019 ގަ އެވެ.

މީޑިއާތަކުން ބުނީ ޖަސިންޑާ، 43، އާއި ގޭފޯލްޑް، 47، ރަސްމީކޮށް ކައިވެނި ބައްލަވައިގަތީ ހޮނިހިރު ދުވަހު ބޭއްވި ޕްރައިވެޓް ހަފުލާއެއްގައި ކަމަށެވެ. އެ ދެ ބޭފުޅުން ފުރަތަމަ ކައިވެނި ޕްލޭންކުރެއްވީ 2022 އަށެވެ. ނަމަވެސް އެ ޕްލޭން މަޑުޖަސައިލައިން ޖެހުނީ ކޮވިޑްގެ ހާލަތާ ދިމާވެގެން، ކުރިމަތިވި ކަންތައްތަކާ ހެދި އެވެ.

ޖަސިންޑާ ނިއު ޒިލޭންޑްގެ ބޮޑުވަޒީރުކަން ކުރެއްވީ އޮކްޓޯބަރު 26، 2017 އިން ޖެނުއަރީ 25، 2023 އަށެވެ. އެ ކަމަނާ އަކީ އެ ގައުމުގެ 40 ވަނަ ބޮޑުވަޒީރެވެ.