Last Updated: July 23, 10:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ސައިފަކީ "ކްލިކް ޝަންކަރް"

ސައިފް އަލީ ޚާން "ކްލިކް ޝަންކަރް: ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މެއި މަހު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ ތަމަޅަ ޑައިރެކްޓަރު ބަލާޖީ މޯހަން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ތުރިލާއެއް ކަމަށެވެ. އޭނަ އަކީ ދަނޫޝްގެ "މާރީ" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރެވެ.

"ކްލިން ޝަންކަރް" އަށް ސައިފް ސޮއިކުރި ނަމަވެސް މި ފިލްމުގެ ކާސްޓްގައި ދެން ހިމެނެނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ އެންމެ އަވަހަށް ފެންނަން އޮތް ފިލްމަކީ އެޕްރީލް 5 އަށް ތާވަލުކޮށްފައި އޮތް ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ "ދެވާރާ" އެވެ. މީގެ ބަތަލާ އަކީ ޖާންވީ ކަޕޫރެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސައިފް މި ފަހުން ބޮޑަށް ކުޅެމުން އަންނަނީ ސަޕޯޓިން ރޯލުތަކެވެ. މީގެ ތެރޭގައި ނެގަޓިވް ރޯލުތައް ވެސް ހިމެނެ އެވެ.