Last Updated: April 29, 20:04
Monday, April 29, 2024
ޚަބަރު

ރާއްޖޭގެ ފަތުވާ ނިޒާމަށް އޯއައިސީން އެހީ ވަނީ

ރާއްޖޭގެ ފަތުވާ ނިޒާމު ހަރުދަނާކުރަން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ސައުދީ އަރަބިއްޔާ އަށް ކުރައްވަމުން ގެންދަނާ ދަތުރުގެ ތެރެއިން އިއްޔެ އެވެ.

އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ސޮއިކުރެއްވި އިރު، އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރު ޑރ. ޤުޠުބު މުސްތަފާ ސާނޫ އެވެ.

އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމީ ފިގުހު އެކަޑަ މީއަކީ އިސްލާމީ ދުނިޔޭގެ އިސްލާމީ ޢިލްމީ އެންމެ މަތީ ކައުންސިލެވެ. މި ކައުންސިލްގެ ހެޑް އޮފީސް ހުންނަނީ ޖިއްދާގަ އެވެ. އެ ތަނުގެ ދައުރުގައި އެތަނުގެ ވެރިޔަކީ ހުންނެވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ނައިބު ރައީސް ޑރ. ޤުޠުބު އެވެ.