އައްޑޫގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްވާން ކައުންސިލުން ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ އެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1 އާ ހަމައަށް ކަމަށެވެ. ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަވަށެއްގެ ވެސް އަވަށު އޮފީހުންނެވެ. ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފޯމް ވެސް އަވަށު އޮފީސްތަކުން ލިބޭނެ އެވެ.
މީގެ އިތުރުން ފޯމް ކައުންސިލްގެ ވެބްސައިޓް www.adducity.gov.mv އާއި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.