މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ފައިޓާ" ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.
މި އޭރިއަލް އެކްޝަން ތުރިލާ އަކީ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ. އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާފައިވާ "ފައިޓާ" ގެ ކާސްޓްގައި އަނިލް ކަޕޫރާއި ކަރަން ސިންގް ގްރޯވާއި ސަންޖީދާ ޝެއިހްގެ އިތުރުން އަކްޝޭ އޮބެރޯއީ ވެސް ހިމެނެ އެވެ.
މި މަހުގެ 25 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ޝާހްރުކް ޚާނާއި ދީޕިކާގެ "ޕަތާން" ގެނެސްދިން ސިދާތު އާނަންދެވެ.