Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ޝަރަފުއްދީންގެ އަހަރީ ދުވަހަށް ދުވުމެއް

އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ 43 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ހާއްސަ ދުވުމެއް ބާއްވަން ނިންމައިފި އެވެ.

"އެނިވަސަރީ ފަން ރަން" ގެ ނަމުގައި މި މަހުގެ 21 ގައި ބާއްވާ މި ދުވުން ހާއްސަކޮށްފައި ވަނީ އެ ސްކޫލްގެ އެހާރާއި މިހާރުގެ ދަރިވަރުންނަށެވެ. އެގޮތން ދުވުމުގައި ބައިވެރިވާން 100ރ. ދައްކަން ޖެހެ އެވެ. ދުވުން ބާއްވަން ހަމަޖެހިފައި ވަނީ 21 ވަނަ ދުވަހުގެ ހަވީރު 4:00 ގަ އެވެ.

ދުވުމުގައި ބައިވެރިވާން އެދޭ ފޯމް އޮންލައިންކޮޑް ފުރޭނެ އިންތިޒާމި ވެސް ޝަރަފުއްދީން ސްކޫލުން ވަނީ ހަމަޖައްސައިފަ އެވެ.

އައްޑޫގެ އެންމެ ފާހަގަކޮށްލެވޭ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ޝަރަފުއްދީން ސްކޫލްގެ އަހަރީ ދުވަހަކީ ޖެނުއަރީ 21. 1981 އެވެ.