Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

ޗައިނާގެ ޝިއަމެން އެއާލައިންސް ރާއްޖެ އަށް

Xiamen Airlines accelerates international expansion by launching two new routes to Sydney (PRNewsFoto/Xiamen Airlines)

ޗައިނާގެ އެއާލައިނެއް ކަމަށްވާ ޝިއަމެންގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.

މި ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ. އެކަމަކު ދަތުރުތަކާ ބެހޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ޗައިނާގެ އިތުރު އެއާލައިންސެއްގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމާފައި މި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުގައި އެ ގައުމު ރާއްޖޭގެ ޓޫރިޒަމްގެ އެއް ވަނަ މާކެޓަކަށް ހެދުމަށް އެދިވަޑައިގެންފައި ވަނިކޮށެވެ. އެ ދަތުރުގެ ތެރޭގައި ޗައިނާގެ އިތުރު އެއާލައިންތަކެއްގެ ދަތުރުތައް ރާއްޖެ އަށް ފެށުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވެސް ވިދާޅުވެފައިވެ އެވެ.

މި ވަގުތު ރާއްޖެ އަށް ސީދާ ދަތުރު ބާއްވަނީ ޗައިނާގެ އެންމެ އެއާލައިނަކުންނެވެ.

ޗައިނާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. މި އަހަރު ފެށުނު ފަހުން މި މަހުގެ 13 އާ ހަމައަށް އެ ގައުމުން ރާއްޖެ އަށް 4،288 ޓޫރިސްޓުން އައިސްފައިވެ އެވެ،