Last Updated: July 17, 15:06
Friday, July 17, 2026
ދުނިޔެ

ފްލައިޓް ޑިލޭވުމުން ޕައިލެޓަށް ހަމަލާ ދީފި

އިންޑިއާގެ އިންޑިގޯގެ ފްލައިޓެއްގެ ދަތުރު ފަސްކުރަން ޖެހުނުކަން އިއުލާންކުރުމާ ގުޅިގެން ޕެސެންޖަރަކު ޕައިލެޓަށް ހަމަލާ ދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ އިއްޔެ ހިނގީ ނިއު ދިއްލީން ގޯއާ ދާން އޮތް ފްލައިޓެއްގެ ތެރޭގަ އެވެ. އުތުރު އިންޑިއާގެ ވައި މިހާރު ވަރަށް ބޮޑަށް ނުސާފުވެ، އެކަމުގެ ނުރައްކަލާ ހެދި ދަތުރު 13 ގަޑިއިރަށް ލަސްކުރަން ޖެހުނު ވާހަކަ ޕައިލެޓް އިއުލާންކުރުމުން ދަތުރުވެރިޔަކު ޕައިލެޓަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

އެ ވީޑިއޯގައި ފެންނަނީ މީހަކު އައިސް ކުއްލިއަކަށް ފުންމައިގެންފައި ޕައިލެޓަށް ހަމަލާދޭ އިރު، ކައިރީގައި ކެބިންކްރޫންތަކެއް ވެސް ތިބޭ ތަނެވެ. އަދި އެކަން ހުއްޓުވަން އެ މީހުންނާއި އިތުރު ޕެސެންޖަރަކު މަސައްކަތްކުރާ ތަން ވެސް ފެނެ އެވެ.

މީޑިއާތަކުން ބުނީ ދަތުރު ލަސްވަމުން ރުޅިގަދަވެގެން ޕައިލެޓަށް ހަމަލާ ދިނީ ސާހިލް ކަތާރިއާ ކިޔާ މީހެއް ކަމަށެވެ. މިި މައްސަލަ ޕައިލެޓް އިންޑިއޯގެ މެނޭޖްމަންޓަށް ހުށަހެޅުމުން އެތަނުން މިހާރު ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ފަހަކަށް އައިސް އިިންޑިއާގެ މަތިންދާބޯޓްތަކުގައި މިފަދަ ހާދިސާތައް ހިނގުން ވަރަށް އާންމެވެ.