މިދިޔަ އަހަރު ސުޕްރީމް ކޯޓްގެ ގަހުން ވަގަށް އަނބު ބިން މީހާ އަނެއްކާ ވެސް މާލޭގެ އެހެން ތަނެއްގެ ގަހަކުން ވަގަށް އަނބު ބިން މައްސަލާގައި ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.
މިދޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްޕްރީމް ކޯޓުގެ ގަހުން ވަގަށް އަނބު ބިން، އަޒްނީފް މުހައްމަދު މި ފަހަރު ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ، މާލޭގައި ކުރިން އިންޑިއަން ކޮމިޝަން ކުރިން ހިންގި އިމާރާތުގެ ގޯތި ތެރޭގައި ހުރި ގަހުން ވަގަށް އަނބު ބިން މައްސަލައިފަ އެވެ.
މިކަމާ ގުޅިގެން އޭނަ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.
އަޒްނީފްގެ ބަންދުގެ އަމުރުން ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އޭނަ 38 ފަހަރެއްގެ މަތިން ހައްޔަރުކޮށް، 19 ފަހަރު ބަންދުކޮށްފައިވެ އެވެ.