Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

"އާބަންކޯ" ބޭނުން ކުރުން ހުއްޓާލަނީ

އާބަންކޯގެ މިހާރުގެ އެމްޑީ ފަޒުލް.

މިދިޔަ އަހަރު "އާބަންކޯ" އަށް ރިބްރޭންޑްކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން އެ އެ ނަން ބޭނުން ކުރުން ހުއްޓާލަން ނިންމައިފި އެވެ.

މިކަން އަދި އެ ކުންފުނިން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ ކަމަށް އެނގިފައިވެ އެވެ.

"އާބަންކޯ" އަށް އެޗްޑީސީ ރިބޭންޑްކުރީ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެޕްރީލް 1، 2023 ގަ އެވެ. ކުންފުނި ރިބްރޭންޑްކުރަން ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ހުޅުމާލޭގެ ކަންކަމަށް ހާއްސަ "އާބަންކޯ" އެންމެ ފުރަތަމަ ހިންގީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގަ އެވެ. ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ނަން ބަދަލުކުރީ މާޗް 19، 2009 ގަ އެވެ.

އާބަންކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު ފަޒުލް ރަޝީދެވެ.