ފިހާރަތަކަކުން ވައްކަންކުރެއްވ ކަމަށް ކުރެވުނު ތުހުމަތުތަކުތަކާ ގުޅިގެން ނިއު ޒީލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެންބަރަކު އިސްތިއުފާ ދެއްވައިފި އެވެ.
މީޑިއާތަކުން ބުނީ އިސްތިއުފާ ދެއްވީ ގްރީން ޕާޓީ އަށް ނިސްބަތްވާ ގޮލްރިޒް ގްހަރަމަން، 42، ކަމަށެވެ. އޭނަގެ މައްޗަށް ވަނީ އޯކްލެންޑާއި ވެލިންޓަންގެ ހެދުން ވިއްކާ ފިހާރައަކުން ވައްކަންކުރެއްވިކަމުގެ ތުހުމަތުކޮށްފަ އެވެ. އެގޮތުން ސީސީޓީވީ ފުޓެޖްތަކުން ވަނީ މެންބަރު، އޯކްލޭންްޑްގެ ބުޓިކް ފިހާރައަކުން ވަގަށް ޑިޒައިނާ އަތްދަބަހެއް ވެސް ނަގާ މަންޒަރު އަރައިފަ އެވެ.
ވައްކަމުގެ ތުހުމަތުތަކާ ގުޅިގެން މިއަދު އިސްތިއުފާ ދެއްވައި ގޮލްރިޒް ވިދާޅުވީ މައާފަށް އެދޭ ކަމަށާއި އޭނަގެ ސަބަބުން ވަރަށް ގިނަ ބަޔަކު ލަދުވެތިވާން ޖެހިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އޭނަގެ ފަރާތުން ފެނިގެން ނުވާނެ ފަދަ އަމަލުތަކެއް ފެނުނީ މަސައްކަތުގެ ބުރަކަމާ ހެދި، ހާސްކަމާއި ނުތަވަސްކަމާ ކުރިމަތިލައްވަން ޖެހިވަޑައިގެންގައި ހުންނެވުމުން ކަމަށް ވިދާޅުވެފައިވެ އެވެ.

ގޮލްރިޒަކީ ވަރަށް ކުޑައިރު އިރާނުން ނިއު ޒީލެންޑަށް އާއިލައާ އެކީ ހިޖުރަކުރެއްވި ބޭފުޅެކެވެ. އޭނަ އަކީ ނިއު ޒީލެންޑްގެ ގާނޫނު ހަދާ މަޖިލީހު އިންތިހާބުވެވެޑައިގަތް ފުރަތަމަ ރެފިއުޖީ އެވެ. ގޮލްރިޒް ކުރިން އދ. ގައި އިންސާނީ ހައްގުތަކާ ގުޅޭ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި އެވެ.