Last Updated: July 23, 10:04
Thursday, July 23, 2026
މުނިފޫހިފިލުވުން

ވިދިއާގެ އާ ފިލްމު މާޗްގައި

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ވިދިއާ ބަލަންގެ އާ ފިލްމު "ދޯ އޯރް ދޯ ޕިޔާރު" މި އަހަރުގެ މާޗްގައި ގެނެސްދޭ ގޮތަށް ނިންމައި އޭގެ ޕޯސްޓަރު ދައްކާލައިފި އެވެ.

މާޗް 29 އަށް ތާވަލުކޮށްފައިވާ މި ރޮމޭންޓިކް ކޮމެޑީގެ ކާސްޓްގައި އިލިއާނާ ޑި ކްރޫޒާއި ޕްރަތީކް ގާންދީގެ އިތުރުން އާންމުކޮށް ހޮލީވުޑްގެ އުފެއްދުންތަކުން ފެންނަ އެކްޓަރު ސެންދިލް ރާމަމުރްތީ ވެސް ހިމެނެ އެވެ.

"ދޯ އޯރް ދޯ ޕިޔާރު" ގެ ޑައިރެކްޓަރަކީ އަލަށް ފީޗާ ފިލްމެއް ޑައިރެކްޓްކުރި ޝިރްޝާ ގުހާ ތާކޫރްތާ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެ، ނެޝަނަލް އެވޯދް ވެސް ހޯދާފައިވާ ވިދިއާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ މިސްޓްރީ ފިލްމު "ނީޔަތު" އެވެ.