ސިހުރުވެރިންގެ އެހީތެރިކަން ނުހޯދަން ފިގުހު އެކަޑަމީން އިލްތިމާސްކޮށްފި އެވެ.
އެތަނުން ނެރުނު އިއުލާނެއްގައި ބުނީ ފަހަކަށް އައިސް ރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ މީހުންގެ ގާތަށް ގޮސް ހުއްދަ ރުގްޔާގެ ނަމުގައި ފަނޑިތައިގެ އެހީ ލިބިގަތުމަކީ ހަރާމް ކަމަކަށް ވާތީ އެފަދަ މީހުންގެ ގާތަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށް ބުންޏެވެ.
"އިސްލާމް ދީނުގެ ސާފު ތެދުމަގުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނެ ކަމަކަށްވާތީ އެފަދަ ތަކެތި ދިވެހިރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ނުފޮނުވުމަށް އިސްލާމީ ފިގްހު އެކަޑަމީން އިލްތިމާސްކުރެ އެވެ." އިއުލާނުގައި ބުންޏެވެ.
ފަހަކަށް އައިސް ފަންޑިތަ އާއި ރުގުޔާ ނަމުގައި ސިހުރު ހަދާ މީހުންގެ މައްސަލަ އަކީ ރާއްޖޭގެ އެކި ހިސާބުތަކުން ފެންމަތިވަމުންދާ މައްސަލައެކެވެ.