Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ފުލުހުންގެ ތަހުގީގަކަށް އަންހެނަކު ހޯދަނީ

ފުލުހުންގެ ތަހުގީގަކަށް އަންހެނަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަނީ ލ. ދަނބިދޫ، ކަފަމާގެ، ޢާއިޝަތު ޝަބީނާ، 32، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ހުޅުމާލޭގެ ފޭސް އެކެއްގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ ޝަބީނާ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ފޭސް އެކެއްގެ ފޮލިހަށް ހާޒިރުވާން އެދިފައިވެ އެވެ.