Last Updated: July 15, 17:27
Wednesday, July 15, 2026
ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޯދައަށް ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އާބަންކޯ އިން ބުނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންދާ ކަމަށެވެ.

އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިކޮށް ހަދަމުންދާ މި މިސްކިތުގައި 150 މީހުންގެ ޖާގަ ހުންނާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.

އާބަންކޯ އިން ވަނީ އެ ކުންފުނީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މި މިސްކިތުގެ މަސައްކަތް ނިންމުން ކަމަށް ބުނެފަ އެވެ.