އެލައިޑް އިންޝުއަރެންސްގެ އައްޑޫ ބްރާންޗްގެ ބަގީޗާ ބަލަހައުްޓައި ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނީ މިކަމަށް ކުރިން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ވަރަށް ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ އަލުން ފުރުސަތި ހުޅުވައިލަން ނިންމީ ކަމަށެވެ. އެހެންވެ އަލުން ޕްރޮޕޯސަލް ހުށަހަޅަން ދިން ސުންގަޑި ހަމަވާނީ މި މަހުގެ 25 އަށެވެ. އަދި މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 22 ވަނަ ދުވަހު ހެނދުނު 11:00 ގައި އޮންނާނެ އެވެ.
އެލައިޑުން ބުނީ ޕްރޮޕޯސަލް ހުށަހެޅޭނީ އެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް ކަމަށެވެ.
އެލައިޑްގެ އައްޑޫ ބްރާންޗް ހުންނަނީ ހިތަދޫ ލިންކް ރޯޑްގަ އެވެ.