Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

މިސް އެމެރިކާގެ ތާޖު އަސްކަރިއްޔާގެ އޮފިސަރަކަށް

މި އަހަރުގެ "މިސް އެމެރިކާ" ގެ މަގާމު އެ ގައުމުގެ ވައިގެ އަސްކަރިއްޔާގައި މަސައްކަތްކުރާ މުވައްޒަފަކަށް ލިބިއްޖެ އެވެ.

"މިސް އެމެރިކާ" ގެ ތާޖު ހާސިލުކުރީ ވައިގެ އަސްކަރިއްޔާގެ ސެކަންޑް ލެފްޓިނަންޓެއްގެ މަގާމު އަދާކުރަމުން އަންނަ މެޑިޝަން މާޝް، 22، އެވެ. އޭނަ އަކީ އަސްކަރިއްޔާގެ މަގާމެއްގައި ހުރެގެން ރީތީގެ ރާނީން ހޮވުމުގެ މުބާރާތެއްގައި ބައިވެރިވެ، ތާޖު ހާސިލުކުރި ފުރަތަމަ މީހާ އެވެ.

މެޑިސަން އަކީ ވައިގެ އަސްކަރިއްގައި މަސައްކަތްކުރަމުން ހާވާޑް ކެނެޑީ ސްކޫލްގެ ޕަބްލިކް ޕޮލިސީ ޕްރޮގްރާމްގައި މާސްޓާސް ޑިގްރީ އަށް ކިޔަވަމުން ވެސް އަންނަ ދަރިވަރެކެވެ.

"މިސް އެމެރިކާ 2024" ގައި އެ ގައުމުގެ 50 ސްޓޭޓަކުން 51 އަންހެނަކު ވާދަކުރި އެވެ. މިސް އެމެރިކާގެ ތާޖު ހާސިލުކުރި މެޑިސަން އަކީ ކޮލަރާޑޯގެ ފަރާތުން މުބާރާތުގައި ތަމްސީލުކުރި ރީތީގެ ރާނީ އެވެ.

"މިސް އެމެރިކާ" އަކީ ސެޕްޓެމްބަރު 25، 1920 އިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ މުބާރާތުގެ 103 ވަނަ އަހަރެވެ.