Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

މަޖިލީހަށް ވާދަކުރަން ރެކޯޑު ސާފުކުރުން ފަސޭހަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ މީހުންގެ ކުށުގެ ރެކޯޑު ސާފުކުރުން ފަސޭހަކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފިޔަވަޅުތަކެއް އަޅައިފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ޤަސްދުކުރައްވާ ބޭފުޅުންގެ ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ކަންތަކަށް އެއޮފީސް ތައްޔާރަށް އޮތްކަމަށެވެ.

އެގޮތުން، ކުށުގެ ރެކޯޑެއް ނެތް މީހަކުނަމަ، އެމީހަކު ރެކޯޑަށް އެދޭތާ 5 މިނިޓު ތެރޭގައި ރެކޯޑު ސާފުކޮށްދޭނެ ކަމަށާއި ރެކޯޑެއް އޮތްނަމަ، އެއް ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށްދޭނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދީފައިވެއެވެ.

ޕީޖީން ބުނެފައިވަނީ މިކަން ކުރިއަށްދާއިރު އިތުރު މައްސަލައެއް ދިމާވެއްޖެނަމަ، އެމައްސަލައެއް ޙައްލުކޮށްގެން ކުރިއަށް ގެންދާނެކަމަށެވެ. މިކަމާބެހޭ އެއްވެސް ސުވާލެއް އޮތްނަމަ، އެއޮފީހުގެ ނަންބަރު 3000655 އާ ގުޅުއްވުމަށްވެސް އެދިފައިވެއެވެ.