Last Updated: July 23, 10:04
Thursday, July 23, 2026
މުނިފޫހިފިލުވުން

އަރިއާނާގެ އާ އަލްބަމް މާޗް 8 ގައި

އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ އަރިއާނާ ގްރަންޑޭގެ އާ އަލްބަމްގެ ނަމަކީ "އިޓާނަލް ސަންޝައިން" ކަމަށާއި މާޗް މަހުގެ 8 ގައި އެ ނެރޭނެކަން އިއުލާންކޮށްފި އެވެ.

އާ އަލްބަމެއް ގެނެސްދޭން އުޅޭކަން ހުނަރުވެރި ފަންނާނު އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

"އިޓާނަލް ސަންޝައިން" ނެރުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، މީގެ ލަވަތަކުގެ ތެރެއިން "ޔެސް، އެންޑް؟" ވީޑިއޯއާ އެކީ އާންމުކޮށްފައިވެ އެވެ. މިހާރު ޕްރީ-އޯޑަރަށް ވެސް ހުޅުވާލާފައިވާ އަލްބަމް ރިޕަބްލިކަން ރެކޯޑްސްގެ ތައްގަނޑުގައި ނެރޭ އިރު، އަލްބަމްގައި ކިތައް ލަވަ ހިމެނޭނެ ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އުމުރުން 30 އަހަރުގެ ފަންނާނުގެ އެންމެ ފަހުގެ އަލްބަމަކީ 2020 ގެ "ޕޮޒިޝަންސް" އެވެ. އަރިއާނާ މިހާތަނަށް ހަ އަލްބަމް ނެރެފައިވެ އެވެ. އޭނަގެ ފުރަތަމަ އަލްބަމަކީ 2013 ގެ "ޓްރޫލީ ޔުއާސް" އެވެ.