Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

"ފަހި ފަތުރުވެރިކަމަށް އަންހެނުން" އަށް ހުޅުވާލައިފި

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުކުރުމަށްޓަކައި ޓޫޒިޒަމް މިނިސްޓްރީން މިއަދު އިފުތިހާހުކުރި "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމަކީ ޓޫރިޒަމް ސިނާޢަތުގައި އަންހެނުންނަށް އަދާކުރެވޭނެ ދައުރާ މެދު ހޭލުންތެރިކަން އިތުރުކުރުމާ އެކު، މެންޓަޝިޕް ޕްރޮގްރާމެއްގެ ސިފައިގައި، ދާއިރާއަށް އަންހެނުން ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، އަންހެނުން ބާރުވެރިކޮށް، ވަޒީފާ އަދާކުރާ މިންވަރު އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

އެގޮތުން އަހަރަކު ދެ ފަހަރު "ފަހި ފަތުރުވެރިކަމަށް އަންހެނުން" ކުރިއަށް ގެންދަން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާއިން ސެޓްފިކެޓް، ޑިޕްލޮމާ، ނުވަތަ ޑިގްރީ ޙާޞިލުކޮށްފައިވާ މީހުންނަށް ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް، މެންޓަޝިޕް ފޯރުކޮށް ދޭން ހަމަޖެހިފައިވެ އެވެ.

"ފަހި ފަތުރުވެރިކަމަށް އަންހެނުން" ގެ ކޮންމެ ޕްރޮގްރާމެއް ކުރިއަށް ގެންދާނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.