Last Updated: July 23, 10:04
Thursday, July 23, 2026
މުނިފޫހިފިލުވުން

ޝާހިދާއި ކްރިތީގެ ފިލްމުގެ ހިތްގައިމު ޓްރެއިލާއެއް

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހިދު ކަޕޫރާއި ކްރިތީ ސެނަންގެ ފިލްމު "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ މި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ.

އަންނަ މަހުގެ 9 ގައި ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައިވާ "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މީގެ ކާސްޓްގައި ދަރުމެންދުރާ އާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.