މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން ތައްޔާރުވާން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އެ މަޝްރޫއު އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ޕްރޮގްރާމް ގއ. އަތޮޅުގައި ކުރިިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އޭގައި 77 އިމާމުން ބައިވެރިވާނެ އެވެ. ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަގުސަދަކީ، ޒަމާނީ ދީނީ ގޮންޖެހުންތަކާއި އިލްމީ، އަހުލާގީ އަދި ފިގުހީ މައްސަލަތަކަށް އިމާމުން އަހުލުވެރި ކުރުންކަމަށެވެ.
ސަރުކާރުން ވަނީ މާސްޓާސް ހަދާފައިވާ އިމާމުންނަށް ޕީއެޗްޑީ އަށް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންނެވެ.