ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހާއްސަ މިސްކިތުގެ ގޮތުގައި ފާހަގަކޮށްލެވޭ މާލޭގެ އިސްލާމީ މަރުކަޒުގެ ފުރާޅު އާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ އެ މިސްކިތުގެ ފުރާޅުގެ ހުރިހާ ދިމާއެއްގެ ޓިނުތައް ހުރީ ހަލާކުވެފައި ކަމަށެވެ.
"އެތެރެ އަށް ވެހޭތީވެ ވިއްސާރަ ދުވަސްތަކުގައި އެތެރޭގެ ގިނަ ތަންތާނގައި ބާލިނދީ ބަހައްޓާފައި ހުންނަނީ." ޝަހީމު ވިދާޅުވި އެވެ.
އިސްލަަމީ މަރުކަޒުގެ ފުރާޅުގެ ހުރިހައި ފަރާތެއްގެ ޓިނުތައް ހުރީ ހަލާކުވެފަ. އެތެރެއަށް ވެހޭތީވެ ވިއްސާރަ ދުވަސްތަކުގައި އެތެރޭގެ ގިނަ ތަންތާ ބާލިނދި ބަހައްޓާފަ ހުންނަނީ . ޓިނުތައް ބަދަލުކުރަން 2 މިލިއަން ޚަރަދުވޭ. އެތަނުގަ ޖަހާ ޓިނު ލިބެނީ ބޭރުން. މަސައްކަތްކުރިއަށް އެބަދޭ. pic.twitter.com/REI6fvy0Xy
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 19, 2024
އެހެންވެ ޓިނުތައް ބަދަލުކުރަން ދެ މިލިއަން ހަރަދުވާނެ ކަމަށާއި އެކަމަށް ބޭނުންވާ ޓީނު ރާއްޖެ އިން ބޭރުން ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާލީ މަރުކަޒަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ނޮވެމްބަރު 11، 1984 ގައި ހުޅުވި މިސްކިތެކެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހިންގަމުން އަންނަނީ އިސްލާމީ މަރުކަޒުގަ އެވެ. އަދި އެތަނުގައި ޖަލްސާކުރާ ބޮޑު މާލަމެއް ވެސް ހުރެ އެވެ.