Last Updated: July 23, 10:04
Thursday, July 23, 2026
މުނިފޫހިފިލުވުން

"ދިލް ބޭޗާރާ" ގެ ސީކްއެލްއެއްގެ އިޝާރާތެއް

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އެންމެ ފަހުން ކުޅުނު ފިލްމު "ދިލް ބޭޗާރާ" ގެ ދެވަނަ ބައެއް ހަދައިފައިނާކަމުގެ އިޝާރާތެއް ފިލްމުގެ ޑައިރެކްޓަރު މުކޭޝް ޗަބްރާ ދީފި އެވެ.

އިތުރު އެއްވެސް ތަފުސީލަކަށް ނުގޮސް އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި "ދިލް ބޭޗާރާ 2" ގެ ވާހަކަ ހިއްސާކުރުމުން ސުޝާންތުގެ ފޭނުން ވަރަށް ޖަޒުބާތީވެން ތަފާތު އެކި ކަހަލަ ކޮމެންޓްތައްކޮށްފައިވެ އެވެ.

އެގޮތުން އެންމެ ގިނަ ބަޔަކު ބުނެފައި ވަނީ ސުޝާންތު ނެތް ދުނިއެއްގައި "ދިލް ބޭޗާރާ 2" ބޭނުން ނުވާ ކަމަށެވެ. އަދި އެ ފިލްމު ހެދުމަކީ ބޭކާރު ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ސުޝާންތު އަމިއްލަ އަށް ދަންޖެހގެން މަރުވީ ޖޫން 14، 2020 ގަ އެވެ. "ދިލް ބޭޗާރާ" ބެލުންތެރިންނަށް ގެނެސްދިނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން އެ އަހަރުގެ ޖުލައި 24 ގަ އެވެ. މި ފިލްމަކީ ކާސްޓިން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޗަބްރާގެ އަލަތު ޑައިރެކްޝަނެވެ.

"ދިލް ބޭޗާރާ" އަކީ ހޮލީވުޑްގެ 2014 ގެ ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާސް" އަސްލަކަށް ބަލައިގެން ހެދި ފިލްމެވެ. މީގައި ސުޝާންތާ އެކީ ބަތަލާގެ ރޯލު ކުޅުނީ ސަންޖަނާ ސާންގީ އެވެ.