Last Updated: June 13, 11:32
Saturday, June 13, 2026
ޚަބަރު

ހައްޖު ކޯޕަރޭޝަނަށް ދެ ޑީއެމްޑީން އައްޔަންކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްއފި އެވެ.

އެ މަގާމަށް އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ ޝެއިހް އަލީ ޝަރީފާއި މުހައްމަދު ޝިހާބެވެ.

ޝިހާބަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އެވެ. ޝެެއިހް އަލީ ޝަރީފަކީ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ އިސް މަގާމެއް ފުރުއްވި ބޭފުޅެކެވެ.

ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު ޝަކީލެވެ.

އެ ކުންފުންޏަކީ މީހުން ހައްޖަށާއި އުމްރާ އަށް ގެންދާ ކުންފުންޏެވެ. މި އަހަރު ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާ އެއްކޮށް، ހައްޖު ކޯޕަރޭޝަނަށް ދޭން ވަނީ ނިންމައިފަ އެވެ.