Last Updated: May 1, 11:23
Thursday, May 1, 2025
ސިއްހަތު

ކުޅި ޕާންބޯކިބާ

ބޭނުންވާ ތަކެތި:

8 ފޮތި ޕާން

5 ބިސް

4 މ. ސަމްސާ ފިޔާ (ކުދިކޮށް ކޮށާފައި)

1 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

1 ސ. ސަމްސާ މިރުސް

½ ސ. ސަމްސާ އިނގުރު

ކުޑަ ހިކަނދިފަތްކޮޅެއް (ކުދިކޮށް ކޮށާފައި)

3 ސ. ސަމްސާ މަސް (ދަޅުމަސް)

1 ސ. ސަމްސާ އަޖިނަމޮޓޯކޮޅެއް

1 ސ. ސަމްސާ ބަޓަރު

ރަހަލާ ވަރަށް ލުނބޯހުތް

ރަހަލާވަރަށް ލޮނު

އަސޭމިރުސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ބިސްތައް އެއްޗަކަށް ތަށްޓަކަށް ތެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ތަށްޓެއްގައި ޕާނާއި ބިސް އަދި ބަޓަރު ފިޔަވައި އެހެން ހުރިހާ އެއްޗެއް ރީތިކޮށް މޮޑެފައި އޭގެތެރެއަށް ބިސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ޕާން ފޮތިތައް އަތުން ފުނޑުކުރުމަށްފަހު އޭގެތެރެއަށް އަޅައި ރީތިކޮށް އެއްކުރެވުނީމާ ބަޓަރު ކޮޅު އަޅާފައި އަނެއްކާވެސް އެއްކޮށްލާނީ އެވެ.
ދެން އުނދުންމައްޗަށް ތަވާ އުދާލުމަށް ފަހު ތަވާހޫނު ވެލުމުން ކުޑަ ތެޔޮފޮދެއް ހާކާފައި ޕާނުގެ މިކްސިން ތަވަޔަށް އަޅާފައި ބޯކިބާ ފިހާ ގޮތަށް ފިހެލާށެވެ. ބޭނުންނަމަ އަވަނުން ވެސް ފިހެވިދާނެ އެވެ.