ޗައިނާގެ ޕްރައިވެޓް ސްކޫލެއްގައި ރޭ އަލިފާން ރޯވެ 13 މީހަކު މަރުވެއްޖެ އެވެ.
އެ ގައުމުގެ މީޑިއާތަކުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ހެނާންގެ ޕްރޮވިންސްގައި ހިންގަމުން އަންނަ ނާސަރީން ފެށިގެން ޕްރައިމަރީ އަށް ކިޔަވައިދޭ ސްކޫލެއްގައި ކަމަށެވެ. ސްކޫލް ރޯވި ހާދިސާގައި މަރުވެފައި ވަނީ އެތަނުގެ މުވައްޒަފުންތަކެކެވެ. އެގޮތުން 13 މީހަކު މަރުވެފައިވާ އިރު، ފިހުނު އިތުރު މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ، ޒިންހުއާ އިން ބުނީ ސްކޫލްގައި ރޯވި ހާދިސާއާ ގުޅިގެން އެތަނުގެ މެނޭޖަރު ހައްޔަރުކޮށް، ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސްކޫލްގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.