Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

އޮބާމާގެ ދޮށީ ދަރިފުޅު ޑައިރެކްޓަރަކަށް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދޮށީ ދަރިކަނބަލުން މާލިއާ އޮބާމާ ލިޔެ، ޑައިރެކްޓްކުރި ފިލްމެއް މިހާރު ކުރިއަށްދާ މި އަހަރުގެ ސަންޑާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިކޮށްފި އެވެ.

ނިއު ޔޯކްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި ފެސްޓިވަލްގައި ބައިވެރިކޮށްފައިވާ މާލިއާގެ ފިލްމަކީ ކުރު ފިލްމު "ދަ ހާޓް" އެވެ. މިއީ މަޔަކު ވަކިވެންދާ އިރު، އޭނަގެ ފިރިހެން ދަރިފުޅަށް ދޫކޮށްލާ ވަސިއްޔަތެއްގެ ސަބަބުން ދިމާވާ ހާދިސާތަކެއް ދައްކުވައިދޭ އެއްޗެކެވެ.

މި ފިލްމު ކްލިޕެއް ސަންޑާންސް އިންސްޓިއުޓްގެ ޔޫޓިއުބްގައި އެކައުންޓްގައި ވެސް މާލިއާގެ ބައެއް ވާހަކަތަކާ އެކީ ހިމަނާފައިވާ އިރު، މާލިއާގެ ފަހަތު ނަމަކަށް އިނީ މާލިއާ އޭން އެވެ. އެއީ މިހާރު އުމުރުން 25 އަހަރުގެ މާލިއާ އަށް މާލިއާ އޮބާމާ ކިޔަން ފެށުުމުގެ ކުރިން އޭނަގެ ނަން ރަސްމީކޮށް ބޭނުން ކުރަމުން އައި ގޮތެވެ.

މާލިއާގެ އިތުރުން އޮބާމާ އާއި މިޝެލްގެ އޮބާމާގެ ދެން ވެސް ހުންނަނީ އަންހެން ކުއްޖެކެވެ. އެއީ ސާޝާ އޮބާމާ (ނަތާޝާ މާރިއަން)، 23، އެވެ.

އެމެރިކާގެ ރައީސްކަން ދެ ދައުރަކަށް ކުރެއްވި އޮބާމާގެ ދޮށީ ދަރިކަނބަލުން ކުރު ފިލްމެއް ލިޔެ، ޑައިރެކްޓްކުރި އިރު، އެ އާއިލާ އިން 2018 ގައި ނެޓްފްލިކްސްއާ އެކީ ހެދި އެއްބަސްވުމެއްގެ ދަށުން ތަފާތު ކޮންޓެންޓްތަކެއް ގެނެސްދީފައިވެ އެވެެ. އޭގެ ތެރެއިން އެންމެ ފަހުގެ އުފެއްދުމަކީ ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ މެހެރްޝާލާ އަލި އާއި ޖޫލިއާ ރޮބަޓްސްއާ އެކީ މިދިޔަ މަހު ގެނެސްދިން ތުރިލާ "ލީވް ދަ ވޯލްޑް ބިހައިންޑް" އެވެ.