Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

"އައި ހޭވް އަ ޑްރީމް" ޓީމުން މީދޫގައި ގައުމީ ދުވަސް ފާހަގަކޮށްފި

ގައުމީ ދުވަސް ހުޅުދޫގައި ފާހަގަ ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ހުށަހަަޅައި ދިން އައިޓަމްގެ ތެރެއިން. ފޮޓޯ. ވޮއިސް އޮފް މީދޫ

ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "އައި ހޭވް އަ ޑްރީމް" ހުޅުމީދޫ ޓީމުން މިއަދު ހެނދުނު ސ. އަތޮޅު މަދަރުސާގައި ޖަލްސާއެެއް ބާއްވައިފި އެވެ.

މި ޖަލްސާގައި ގައުމީ ދުވަހާ ބެހޭ ގޮތުން ހުޅުދޫ ސްކޫލާއި އަތޮޅު މަދަރުސާ އަދި މީދޫ ޝަމްސުއްދީން ސްކޫލްގެ ދަރިވަރުން ވާހަ ދައްކާފައިވެ އެވެ.
މީގެ އިތުރުން ޖަލްސާގައި ރާއްޖޭގައި ޕޯޗްގީޒުން ވެރިކަން ކުރަމުން ދަނިކޮށް އެ މީހުންގެ އަތް ދަށުން ރާއްޖެ ސަލާމަތްކޮށްދޭ މަންޒަރު ދައްކުވައިދޭ އައިޓަމެއްވެސް ގެނެސް ދީފައިވެ އެވެ. މި އައިޓމް ހުށަހަޅާ ދީފައި ވަނީ ހުޅުދޫ ސްކޫލްގެ ކުދީންނާއި އަތޮޅު މަދަރުސާ އަދި މީދޫ ޝަމްސުއްދީންސްކޫލް ކުދިން ގުޅިގެންނެވެ.

މިޖަލްސާ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލަކު ބުނީ ގައުމީ ދުވަސް މިހާ ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ގައުމީ އެއްބައިވަންތަކަން ދަމަހައްޓައި، ގައުމީ މިއެއްބައި ވަންތަކަން އަންނަން އޮތް ޖީލުތަކާ ހަމައަށް ވާސިލުކޮށް ދިނުން ކަމަށެވެ.