ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމް ކުޅެފައިވާ ޕޮލިޓިކަލް ޑްރާމާ "އާޓިކަލް 370" އަންނަ މަހު ރިލީޒްކުރަން ނިންމައި، ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
ކަޝްމީރާއި ނިއު ދިއްލީގައި މަންޒަރުތައް ނަގާފައިވާ މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޔާމީގެ ވަރުގަދަ ރޯލެއް ފެންނާނެ އެއްޗެކެވެ. "ސެކްޝަން 370" ޑައިރެކްޓްކުރީ ދެ ނެޝަނަލް އެވޯޑް ހޯދާފައިވާ އަދިތިޔާ ސުހާސް ޖަމްބަލޭ އެވެ.
އަންނަ މަހުގެ 23 ގައި ސިނަމާތަކަށް ދޫކޮށްލާ ފިލްމުގެ ކާސްޓްގައި ޕްރިޔަމަނީ ވެސް ހިމެނެ އެވެ.
ޔާމީ އާއި ވިކީ ކޯޝަލް ކުޅެ، ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2019 ގެ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރުގެ އަދިތިޔާ ދާރްއާ ކައިވެނިކޮށްގެން އުޅޭ ޔާމީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ "އޯއެމްޖީ 2" އިންނެވެ. އެ ފިލްމާ އެކީ އޭނަގެ އިތުރު ދެ ފިލްމެއް ވެސް މިދިޔަ އަހަރު ބެލުންތެރިންނާ ހަމައަށް އަ އެވެ. އެއީ ތުރިލާ "ލޮސްޓް" އާއި ހެއިސްޓް ތުރިލާ "ޗޯރު ނިކަލް ކޭ ބާގާ" އެވެ.