Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

އުނގޫފާރުގައި ލާނިން ސެންޓަރެއް ހުޅުވައިފި

ރ. އުނގޫފާރުގައި އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން ލާނިން ސެންޓަރެއް ހުޅުވައިފި އެވެ.

އެތަން ހުޅުވައި ދެއްވީ އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ.

އުނގޫފާރު ލާނިން ސެންޓަރު ހުޅުވީ މިހާރު އެމްއެންޔޫގެ ދަށުގައި އުނގޫފާރު އިސްލާމީ މަރުކަޒުގަ އެވެ. އެއީ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ބިނާކުރި ތަނެކެވެ.

އުނގޫފާރު އިސްލާމީ މަރުކަޒުގައި މި މަހުގެ ތެރޭގައި ކޯސްތަކެއް ފަށަން އެމްއެންޔޫ އިން ވަނީ ނިންމައިފަ އެވެ. އެގޮތުން 5 ކޯހެއް ފެށުމަށް އަންނަނީ ތައްޔާރީތައްވަމުންނެވެ.