Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

އިބްރާހީމާއި ހުޝީގެ ފިލްމުގެ ޝޫޓިން ފަށައިފި

ކަރަން، ހުޝީ އަދި އިބްރާހީމް.

އިބްރާހީމް އަލީ ޚާނާއި ހުޝީ ކަޕޫރް އެކީގައި ކުޅޭ ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން ފަށައިފި އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުުތް ޝައުނާ ގޯތަމް ހަދާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެެޓިކް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ހަދާ އެއްޗެކެވެ. ފިލްމުގެ ޝޫޓިން އިއްޔެ ފެށުމާ ގުޅިގެން ކަރަން ވަނީ ޝައުނާ އަށް މަރުހަބާ ކިޔައި، ތާރީހީ ދުވަހެއް ކަމަށް ބުނެ އެ ވާހަކަ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފަ އެވެ.

ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ދަރުމާ އިން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމކު ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ކާސްޓްގައި ސުނިލް ޝެޓީ ވެސް ހިމެނެ އެވެ.

އިބްރާހީމަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދަރިއެކެވެ. އޭނަ ބޮލީވުޑަށް ތައާރަފުކުރަން ނިންމާފައި ވަނީ ދަރުމާ އިން ގެނެސްދޭން ހަމަޖެހިފައިވާ "ސަރްޒަމީން" އެވެ. ޝޫޓިން މިހާރު ނިންމާފައި އޮތް މި ފިލްމަކީ ކެޔޯޒް އިރާނީ ޑައިރެކްޓްކޮށް ގެނެސްދޭ ވަތަނީ ފިލްމެކެވެ. ކާސްޓްގައި ކާޖޮލް އާއި މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވެސް ހިމެނޭ "ސަރުޒަމީން" މި އަހަރު ގެނެސްދޭނެ އެވެ.

ހުޝީ އަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އިން ތައާރަފުވި ބަތަލާއެކެވެ. އޭނަ އަކީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅެވެ.