މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެންގެ މަގުބޫލު ސީރީޒް "ސިޓަޑެލް" ގެ ދެވަނަ ސީޒަންގެ ޝޫޓިން އަށް ތައްޔާރީތައް ވާން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ މީގެ ޝޫޓިން ތާވަލުކުރަނީ މި އަހަރުގެ ސެޕްޓެމްބަރަށް ކަމަށެވެ. އަދި "ސިޓަޑެލް 2" ގެ މައިގަނޑު މަންޒަރުތައް މި ފަހަރު ނަގަން ހަމަޖެހިފައި ވަނީ ކެނެޑާގެ ޓޮރޮންޓޯގަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް 28 ގައި ގެނެސްދިން ނުވަ އެޕިސޯޑްގެ ފުރަތަމަ ސީޒަން އެއްކޮށްހެން ޝޫޓްކުރީ އިނގިރޭސިވިލާތުގަ އެވެ.
އެކްޝަން ސްޕައި ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ސިޓަޑެލް" އަކީ "އެވެންޖާޒް: އެންޑްގޭމް" ފަދަ ފިލްމުތައް ގެނެސްދިން އެންތަނީ އާއި ޖޯ ރުސޯ ޕްރޮޑިއުސްކުރި އެއްޗެކެވެ.
މި ސީރީޒްގެ ސްޕިން-އޮފްތަކެއް އެހެން ބަސްތަކުން ވެސް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން "ސިޓަޑެލް އިންޑިއާ" ގެނެސްދޭން ހަމަޖެހިފައި ވަނީ ވަރޫން ދަވަނާއި ސަމަންތާ ރޫތު ޕްރަބޫއާ އެކީގަ އެވެ. އޭގެ ޑައިރެކްޓަރުންނަކީ ރާޖް އެންޑް ޑީކޭ އެވެ.
ހިންދީ ބަހުގެ އިތުރުން "ސިޓަޑެލް" ގެ ސްޕިން-އޮފްތައް އިޓަލީ، ސްޕެއިން އަދި މެކްސިކޯ ބަހުން ގެނެސްދޭން ހަމަޖެހިފައިވެ އެވެ.
މި ސީރީޒަކީ ޕްރިޔަންކާގެ ދެވަނަ ހޮލީވުޑް ސީރީޒެވެ. އޭނަ އެ އިންޑަސްޓްރީ އަށް ނުކުތީ އޭބީސީ ނެޓްވޯކްގެ 2015 ގެ "ކްއަންޓިކޯ" އިންނެވެ. ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ރޮމޭންޓިކް ކޮމެޑީ "ލަވް އެގެއިން" އެވެ. އޭނަގެ ކުރިއަށް އިޮތް ފިލްމަކީ "ހެޑްސް އޮފް ސްޓޭޓް" އެވެ.