މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވަން ކެމްޕޭން ކުރައްވަމުން ގެންދެވި ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް ރިޔާސީ ރޭހުން ވަކިވެވަޑައިގެން، ޑޮނަލްޑް ޓްރަޕްމަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.
އޭނަ އެގޮތަށް އިއްޔެ ނިންމެވީ މިދިޔަ ހަފުތާގައި އައިވާ ޕްރައިމަރީގައު ވެސް ބަލިވެވަޑައިގެންފައި ވަނިކޮށެވެ. ޑިސެންޓިސް ރިޔާސީ ވަކިވެވަޑައިގަތް އިރު، ކުރިއަށް އޮތީ ނިއު ހެމްޝަޔާގެ ޕްރައިމަރީ އެވެ. ނަމަވެސް އިންތިހާބުގައި ވާދަނުކުރައްވަން ނިންމައިވައި ޑިސެންޓިސް، 45، ވިދާޅުވީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންނެވީ އިންތިހާބު ކާމިޔާބުކުރެއްވިދާނެ ސާފު މަގެއް އޭނަ އަށް އޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ.
“Success is not final, failure is not fatal: it is the courage to continue that counts.”
– Winston Churchill pic.twitter.com/ECoR8YeiMm
— Ron DeSantis (@RonDeSantis) January 21, 2024
އެހެންވެ ނިންމެވީ ޓްރަމްޕަށް ތާއީދުކުރައްވަން ކަމަށާއި ހުރިހާ ސަޕޯޓަރުން ވެސް ޓްރަމްޕާ އެކީ ތިބުމަށް ޑިސެބްޓިސް އެދިވަޑައިގަތެވެ. އޭނަ ވިދާޅުވީ ރިޕަބްލިކަން ޕާޓީ އަށް އިންތިހާބުގައި މިހާރުގެ ރައީސް އަދ ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓް ޖޯ ބައިޑެން ބަލިކުރެއްވޭނެ ހަމައެކަނި ބޭފުޅަކީ ވެސް ޓްރަމްޕް ކަމަށެވެ.
ނަމަވެސް ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ހެދި އޭނަ އަށް އަދި އިންތުހާބުގައި ވާދަކުރެއްވޭނެކަން ކަށަވަރެއް ނުވެ އެވެ.
ރިބަޕްލިކަން ޕާޓީގެ ފަރާތުން އިންތިހާބަށް ނުކުންނަން ނިންމެވި ބޭފުޅުންގެ ތެރެއިން މިހާރު އެންމެ ގަދަކޮށް ހުންނެވީ ނިކީ ހޭލީ އެވެ. އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ނިކީ އަކީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އިން އދ. އަށް ކަނޑައެޅި އެމްބެސެޑަރުގެ މަގާމު 2017-2018 އަށް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނަ އަކީ ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރެވެ.
ޑިސެންޓިސް ރިޔާސީ ރޭސް ދޫކޮށްލެއްވި އިރު، ރިޕަބްލިކަން ޕާޓީން އިންތިހާބަށް ނުކުންނަވަން ނިންމެވި ބައެއް އެހެން ބޭފުޅުން ވެސް ވަނީ އެ ނިންމުން ބަދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޓްރަމްޕްގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި މައިކް ޕެންސް ހިމެނެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ ނޮވެމްބަރުގަ އެވެ.