މަކަރާ ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ ދެ މީހެއްގެ މައުލޫމާތު ފުލުހުން އާންމު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ތަހުގީގަށް ހޯދަން ބޭނުންވެ މައުލޫމާތު އާންމު ކޮށްފައިވަނީ ޅ. ނައިފަރު / ސައިމާގެ، މަރިޔަމް ސައީދާ އަދި މ. މުލި / ނައިޓްރޯސް، އިސްމާއީލް ހަމީދު އެވެެ.
ފުލުހުންގެ އިއުލާނުގައި ވަނީ މި ދެމީހުން ހުޅުމާލެ ފޭސް2 ޕޮލިސް ސްޓޭޝަނަށް ޖަނަވަރީ 27 ވަނަ ދުވަހުގެ 10:00 ހާޒިރުވުމަށް އަންގާފައެވެ.
ފުލުހުންގެ ތަހުގީގަށް ޗިޓު ރައްދު ނުކުރެވޭ މީހުންގެ މައުލޫމާތު ފުލުހުން ދޭތެރެ ދޭތެރެއިން އާންމު ކުރެއެވެ.