Last Updated: May 17, 06:51
Friday, May 17, 2024
ޚަބަރު

އިންފުލުއެންޒާ ޖެހިގެން އިތުރު މަރެއް

އިންފުލުއެންޒާ ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ރާއްޖެ އިން އިތުރު މީހަކު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗިން ބުނީ އެ ބައްޔށް ޕޮޒިޓިވްވެގެން ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މަރުވީ 35 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާ މަރުވީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ އިންފުލުއެންޒާ ޖެހިގެން މިމަހު މަރުވި 2 ވަނަ މީހާއެ ވެ. އަދި އިންފުލުއެންޒާ ޖެހިފައިވާ ދެ މީހެއްގެ ހާލުދެރަވެގެން ވެންޓިލޭޓަރުގައި މިހާރު ވެސް ފަރުވާ އަންނަނީ ފަރުވާ ދެމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 19 މީހަކު އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ "އެޗް ތްރީ އެން ޓޫ" އަށް ޕޮޒިޓިވްވި 10 މީހަކާއި އެޗް1އެން1 އަށް ޕޮޒިޓިވްވެފައިވާ 8 މީހެކެވެ. އަދި އިންފްލުއެންޒާ ބީ އަށް މިހާތަނަށް އެކަކު ޕޮޒިޓިވްވެފައިވެ އެވެ.