Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ހަ ޕާޓީއަކަށް 44 މިލިއަން ރުފިޔާ ދޫކުރަނީ

އިލެކްޝަންސް ކޮމިޝަން - ފޮޓޯ: ރާއްޖެއެމްވީ

ހަ ސިޔާސީ ޕާޓީ އަކަށް 2024 ވަނަ އަހަރުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކުރަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ އެ ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2024 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ޕާޓީތަކަށް ޖުމުލަ 44،099،905 ރުފިޔާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެންމެ ގިނައިން ފައިސީ ދޫކުރަނީ އެމްޑީޕީއަށެވެ. އެމްޑީޕީއަށް 15.1 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ޕީޕީއެމްއަށް 10.4 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ޕީއެންސީއަށް 8 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް 5.3 މިލިއަން ރުފިޔާ، އަދާލަތު ޕާޓީއަށް 2.5 މިލިއަން އަދި އެމްޑީއޭއަށް 2.4 މިލިއަން ރުފިޔާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާގޮތުން ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، މެންބަރުންގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަންޖެހެއެވެ.