ބޮމެއް އޮތްކަމަށް ބުނެ ބިރު ދެއްކި މައްސަލައެއްގައި މީހަކު ހިފަހައްޓައިފިއެވެ.
ފުލުހުން ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓަށް މިއަދު ފުރަންގޮސްހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.