ގައުމީ ޔުނިވާސިޓީގެ ތިން ފެކަލްޓީއަކަށް ޑީނުން ހަމަޖައްސައިފި އެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ޑީނުން އައްޔަންކޮށްފައި ވަނީ ސުކޫލް އޮފް މެޑިސިނާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އިތުރުން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސަށެވެ.
ސުކޫލް އޮފް މެޑިސިންގެ ޑީނަކަށް އައްޔަންކުރީ ޑރ. ޝީޒާ އަލީ އެވެ. އޭނަ އަކީ 1995 އިން ފެށިގެން ސަރުކާރަށް ޚިދުމަތް ކޮށްދެއްވަމުން ގެންދަވައި، ރާއްޖޭގެ ސިއްޙީ ހިދުމަތް ފުޅާކޮށް ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ބޭފުޅެކެވެ. ޝީޒާ އަކީ ރާއްޖޭގައި ގާއިމު ކުރެވުނު ފުރަތަމަ މެޑިކަލް ސުކޫލުގެ ޑީންކަމުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންގެ މަގާމަށް އައްޔަންކުރީ ނާދިޔާ އަހުމަދެވެ. އޭނަ އަކީ ޔުނިވާސިޓީގައި ފުރަތަމަ ފަހަރަށް ސެންޓްރަލްކޮށް ބޭއްވި އެގްޒަމިނޭޝަންގައި އެގްޒަމިނޭޝަންސް ކޮންޓްރޯލާގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑީން އޮފް ސުޓޫޑެންޓްގެ މަގާމުގައި ވެސް ނާދިޔާ އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިޗާ އިރު، ނާދިޔާ ވަނީ ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ލެކްޗަރާކަމާއި ސީނިއާ ލެކްޗަރާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދައިކޮށްފައެވެ.
އަދި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ ޑީންކަމުގެ މަގާމަށް އައްޔަންކުރީ ޒީނަތު ސޯލިހެވެ. އޭނަ އަކީ އެފްއެޗްޓީއެސް ގެ ގިނަ މަގާމުތަކެއް އަދާކުރައްވައި ތަޖުރިބާ އެ ދާއިރާ އިން ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. ޒީނަތު ވަނީ ކުރިން ވެސް އެފްއެޗްޓީއެސްގެ ޑީންކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.