Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވާނަން

މާލޭ މޭޔަރު އާދަމް އާޒިމް- ފޮޓޯ: މާލެސިޓީ ކައުންސިލް

މާލޭގައި ކުދި ގޯޅިތަކުގައި ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވާނެ ކަމަށް މާލެސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ގޯޅިތަކުގައި ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ތަރުކާރިއާއި މޭވާ ހުސްކުރި ފޮށިގަނޑުތައް އަދި ކުނިބުނި މަގުމައްޗަށް އަޅާފައިހުންނަކަން އާޒިމް ފާހަގަކުރެއްވިއެވެ.

"ހާއްސަކޮށް ތަރުކާރި ފިހާރަތަކާއި މިއެއްޗެހި ވިއްކައިފައި، މުޅި މަގުތައް މައްޗަށް ހުރިހާ ކުނިބުނި އަޅައިފަ އެމީހުން އެދަނީ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލެސިޓީ ކައުންސިލްގެ ވެށި ފާރަވެރިން މެދުވެރިކޮށް އަދި ފުލުހުންނާ ގުޅިގެން މިހެން ހުރި ކަންތައް ހުއްޓުވަން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ.