Last Updated: July 3, 11:08
Thursday, July 3, 2025
ޚަބަރު

ސަރުކާރުން ޔާމީނާމެދު ކަންކުރަނީ ވަރަށް ގޯސްކޮށް

މެމްބަރު ސައުދު ހުސައިން--

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ކަންކުރަނީ ވަރަށް ގޯސްކޮށްކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށް މިސަރުކާރުން ވައުދުވި ކަމަށާއި، އެހެންނަމަވެސް މިއަދު ރައީސް ޔާމީންމަތިން ހަނދާން ނައްތާލާ ޝަރީއަތަށް ހުރަސްއަޅަމުންދާ ކަމަށެވެ.

ސައުދު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތައް ޕާޓީއާއި ސަރުކާރުގެ ތެރެއިން އެކަހެރި ކުރަމުންދާ މަންޒަރު ފެންނަކަމަށެވެ.

"ރައީސް ޔާމީނާމެދު މިގޮތަށް އަމަލުކުރާ ބަޔަކު، ވަކި ރައްޔިތުންނަށް އޯގާތެރިވާނެބާ؟" ސައުދުގެ ޕޯސްޓްގައިވެއެވެ.

ރައީސް މުއިއްޒު ހުވާކުރެއްވިފަހުން ޕީޕީއެމް އަދި ޕީއެންސީގެ ތެރޭގައި ޖެހުނު މައްސަލައެއްގައި ރައީސް ޔާމީނަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ ޕީޕީއެމްއިން ވަކިވެ ވަކި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އަދި ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ލަސްވަމުންދާތީ އެފަރާތްތަކުން އަންނަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.