ބަތަލާ ކަންގަނާ ރަނާވަތު އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކުޅެފައިވާ ފިލްމު "އިމަޖެންސީ" އަށް އާ ތާރީހެއް މިއަދު އިއުލާންކޮށްފި އެވެ.
އެ ފިލްމުގެ އާ ތާރީހަކީ ޖޫން 14 އެވެ. އެ ތާރީހަކީ ކާތިިކް އާރިއަންގެ "ޗަންދޫ ޗެމްޕިއަން" ވެސް ތާވަލުކޮށްފައި އޮތް ތާރީހެވެ.
"އިމަޖެންސީ" އަކީ ކުރިން މިދިޔަ އަހަރުގެ ނޮވެމްބަރުގައި 24 ގެނެސްދޭން ތާވަލުލުރި އެއްޗެކެވެ. އެކަމަކު "އިޖެންސީ" މި އަހަރަށް ފަސްކުރީ ވަރަށް ގާތްގާތުގައި ކަންގަނާގެ ތިން ފިލްމެއް ގެންނަން ޖެހުމާ ގުޅިގެންނެވެ މި ފިލްމަކީ ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ހުނަރުވެރި ބަތަލާ ޕްރޮޑިއުސްކޮށް، ޑައިރެކްޓް ވެސް ކޮށްފައިވާ ފިލްމެކެވެ. "އިމަޖެންސީ" ޕްރޮޑިއުސްކުރީ ކަންގަނާގެ އަމިއްލަ ފިލްމު ކުންފުނި، މަނިކަރްނިކާ ފިލްމްސްއިންނެވެ. އޭނަގެ ފުރަތަމަ ޑައިރެކްޝަނަކީ 2019 ގެ ތާރީހީ ހަނގުރާމަ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ބައޮގްރަފިކަލް ތާރީހީ ޑްރާމާ "އިމަޖެންސީ" އަކީ އިންދިރާގެ ޒައާމަތުގައި އިންޑިއާގައި އިއުލާންކުރި ކުއްލި ހާލަތާ ގުޅިގެން އުފެދުނު ހާޖާނުގަނޑު ދައްކުވައި ދޭނެ އެއްޗެކެވެ. މީގެ ކާސްޓްގައި އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، ޝްރެޔަސް ތަލްޕަޅޭ، މިލިންދު ސޯމަން އަދި މަރުވެފައިވާ އެކްޓަރު ސަތިޝް ކޯޝިކް ހިމެނެ އެވެ.
"އިމަޖެންސީ" ހިޓަކަށްވުމަކީ ކަންގަނާ އަށް މި އަހަރު ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ. ސަބަބަކީ މިދިޔަ އަހަރުގެ ދެ ފިލްމު ވެސް ބޮޑުތަމުން ފްލޮޕްވުމެވެ. އެއީ ވަތަނީ ފިލްމު "ތޭޖާސް" އާއި ހޮރޯ-ކޮމެޑީ "ޗަންދުރަމުކީ 3" އެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ފަހުން ރިލީޒްކުރި ކަންގަނާގެ ހުރިހާ ފިލްމުތަކަށް ވަރަށް ފިނި ތަރުހީބެއް ލިބިފައިވާކަމެވެ.
އެގޮތުން 2022 އެކްޝަން ތުރިލާ "ދާކަޅް" އަކީ ވަރަށް ލަދުވެތި ޕްލޮޕެކެވެ.