Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

"ފައިޓާ" ގަލްފްގެ ގިނަ ގައުމުތަކުގައި މަނާ!

މާދަމާ ސިނާތަކަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ ރިތިކް ރޯޝަންގެ ފިލްމު "ފައިޓާ" ގަލްފްގެ ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާ އިން ބުނީ ޔޫއޭއީ ފިޔަވައި ގަލްފްގެ ގިނަ ގައުމުތަކުގައި ފިލްމު ދެއްކުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ "ފައިޓާ" އަކީ އިންޑިއާ އަށް 2016 ގައި ޕާކިސްތާނަށް ނިސްބަތްވާ ކަމަށްވާ ބުނާ ޓެރަރިސްޓުންތަކެއް ދިން ޕުލްވާމާ ހަމަލާ އަށް ބިނާކޮށް ހަދާފައިވާ ފިލްމަށްވާ އިރު، ޕާކިސްތާނަށް ރައްދުވާ ގޮތަށް ފިލްމުގެ މައިގަނޑު ޕްލޮޓް އޮވެފައި، އެ ގައުމާ މެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ފިލްމު ހަދާފައިވާތީ ކަމަށް ބުނެފައި އެވެ.

އިންޑިއާ އަކީ އަބަދު ވެސް ޕާކިސްތާނުގެ "މޫނުމަތި ހަޑިކުރަން" ފިލްމު ހަދާ ގައުމެކެވެ.

މިދިޔަ އަހަރުގެ "ޕަތާން" ގެނެސްދިން ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" އަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ކުޅަދާނަކަމާއި ގަދަފަދަ ދައްކުވައިދޭ އަދި ވަތަނުގެ ހިމާޔަތުގައި ވައިގެ އަސްކަރިއްޔާ އިން އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހޭނެކަމް ސާބިތުކޮށް ދޭން ހަދާފައިވާ ފިލްމެކެވެ.

އެގޮތުން "ފައިޓާ" ގެނެސްދެނީ ވެސް ވައިގެ އަސްކަރިއްޔާ އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގަ އެވެ.

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ މި ފިލްމުގައި ރިތިކާ އެކީ ދީޕިކާ ޕަދްކޯން، އަނިލް ކަޕޫރް، ކަރަން ސިންގް ގްރޯވާ އަދި އަކްޝޭ އޮބެރޯއީ ވެސް ހިމެނެ އެވެ. މި އެންމެން ވެސް ފެންނާނީ އަސްކަރީ ޕައިލެޓުންގެ ރޯލުންނެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވޭ "ފައިޓާ" އަކީ 250 ކްރޯޑް ރުޕީސް (30.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.