Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

9 ރަށެއްގައި އައިސްޕްލާންޓް ހެދުން ކުރިއަށް

އިތުރު ނުވަ ރަށެއްގައި އައިސްޕްލާންޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މި އައިސްޕްލާންޓްކުގެ މަސައްކަތް ކުރިއަށް އޮތް ހަމަ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލަން އަމާޒު ހިފާފައިވާ ކަމަށެވެ. އައިސްޕްލާންޓް ހަދަމުން އަންނަ ރަށްތަކަކީ ހއ. ދިއްދޫ، އއ. ރަސްދޫ، ލ. މާމެންދޫ، ދ. މީދޫ، ގދ. ރަތަފަންދޫ، ޅ. ނައިފަރު، މ. ވޭވައް، ގދ. ފިޔޯރީ އަދި ލ. މާވަށެވެ.

މީގެތެރޭގައި ހިމެނެނީ ސައުދީ ފަންޑުން ހިންގާ ފަސް ޕްރޮޖެކްޓަކާއި މިދިޔަ އަހަރު ފެނަކައާ ހަވާލުކޮށް ލަސްވާތީ އެއްބަސްވުން ބާތިލްކުރި ހަތަރު ޕްރޮޖެކްޓެކެވެ.

އައިސްޕްލާންޓް އިތުރުކުރުމަކީ މި ސަރުކާރުގެ ވެސް ވަރަށް ބޮޑު އަމާޒެކެވެ. ސަބަބަކީ ފަސޭހަ އިން އައިސް ނުލިބުމުގެ ޝަކުވާ އަކީ މަސްވެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު އެއް ޝަކުވާ އަށް ވުމެވެ.