Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

އަކްޝޭގެ މި ފިލްމު ބަލާނަންތަ؟

މި އަހަރު ގެނެސްދޭ އަކްޝޭ ކުމާރުގެ ފުރަތަމަ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އޭނައާ އެކީ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ވެސް މުހިއްމު ރޯލެއް ކުޅެފައިވާ މި އެކްޝަން ތުރިލާ އަކީ އަލީ އައްބާސް ޒަފަރު ހަދާފައިވާ އެއްޗެކެވެ. އޭނަ އަކީ "ސުލްތާން" އާއި "ޓައިގޭ ޒިންދާ ހޭ" ގެ އިތުރުން "ބާރަތު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އަލީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޝާހިދު ކަޕޫރާ އެކީ ގެނެސްދިން "ބްލަޑީ ޑެޑީ" އެވެ.

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް އެޕްރީލް 10 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ބަޅޭ މިޔާ، ޗޯޓޭ މިޔާ" އަކީ އަކްޝޭ އާއި ޓައިގާ ވެސް އަލީއާ އެކީ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. މީގެ ކާސްޓްގައި ސޮނާކްޝީ ސިންހާ، މަނޫޝީ ޗިލާރް، ޕްރިތުވީރާޖް ސުކްމަރަން، އަލާޔާ ފަރްނީޗަރުވާލާ އަދި ރޯނިތު ރޯއި ހިމެނެ އެވެ.

އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަޅޭ މިޔާ، ޗޯޓޭ މިޔާ" އަކީ 250 ކްރޯޑް ރުޕީސް (30.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަތަރު ގައުމެއްގެ 15 ސިޓީއެއްގައި ޝޫޓްކޮށް ހަދާފައިވާ ފިލްމެކެވެ.